3 ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

ތިން ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

އަދިި 3 ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުންނަށް އައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާއްމު ވަނީ އިއުލާނުކުރައްވާފަ އެވެ. އެއާއެކު، ރިޔާސަތުން ވަނީ އެ މައްސަލަތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވާފަ އެވެ.

  • ނޭޕާލްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ
  • އަޔަލޭންޑުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމު އާދަމް
  • ޔޫކްރެއިންގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ބެލްޖިއަމް އަދި އީޔޫއަަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ

ނޭޕާލްގެ ނޮން ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރެއްވުމަށް ހުށަހަޅުއްވާފައިވާ އަޒީމާއަކީ ޚާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރެއްވުމުގެ އިތުރުން ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ފުރުއްވިއިރު ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަޔަލޭންޑުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖެނިވާގެ ހުންނަ ޔޫއެންގެ ސަފީރުކަން ކުރެއްވުމުގެ އިތުރުން ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ އިތުރުން ވެސް ޚާރިޖިއްޔާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުވެސް އެބޭފުޅާވަނީ އަދާކުރައްވާފައެވެ.

ޔޫކްރެއިންގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް ބެލްޖިއަމް އަދި އީޔޫއަަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާއަކީ ރާއްޖޭގެ ސިއްހީ އަދި ޚާރިޖިއްޔާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާފައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުގެ މިނިސްޓަރ އެންޑް ޗާޖް އެފެއާސް މަޤާމާއި، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ ކައުންސެލާގެ މަޤާމު ވެސް މީގެކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އެބޭފުޅާވަނީ 2018 ވަނަ އަހަރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީގެ މަޤާމާއި ކޮންސިއުލަރ ސާވިސެސްގެ ވެރިޔާގެ މަޤާމުވެސް ފުރުއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް