ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ފެންސާއި ލައިޓިން ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ފެންސާއި ލައިޓިން ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ 1،310 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިންމަފުށީގައި ބިނާކުރެވޭ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، ރަށު ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ޤަބޫލުކުރާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 100،000 އަކަފޫޓުގެ ފުޓުބޯޅަ ދަނޑުގެ ސަރަހައްދުގައި ވަށައިފާރު ރޭނުމާއި، ވަށައި ފެންސެއް ޖެހުމާއި އަދި ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ވަނީ ނުވެށި ނުވަތަ ހުއްޓިފައެވެ. އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވާއި އިރުޝާދުގެ ދަށުން މިފަދަ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ނިންމުމަށް ވަނީ ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް