މާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަޚަމްކޮށްލައިފި

ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަޚަމްކޮށްލައިފިކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ މާލޭ ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަ ރޭ 03:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި މާރާމާރީގައި އަނިޔާވެފައިވަނީ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށާއި، އެމީހާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗަށް ކަމުގައިވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް