ބަންޑާރަ ކޮށީގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ބަންޑާރަ ކޮށީގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބަންޑާރަ ކޮށީގައި މީހަކު ނިޔާވެފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަަށެވެ.

އަދި ނިޔާވެފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނިޔާވެފައިވާ މީހާގެ އިތުރު އެއްވެސް މައުލޫމާތެއް ނުވަތަ އެމީހާ ނިޔާވެފައި އޮތް ގޮތް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސިފައިންގެ މަރުކަޒުގެ ފާހާނާތެރޭގައި ކަމަށްވެއެވެ. އަދި ނިޔާވެފައިވަނީ ސިފައިންގެ މީހެއްކަމަށްވެސް މީސްމީޑިއާގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް