މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެ

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

މިކަން ހާމަކޮށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ ދިމާވި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރަމުންދާކަމަށެވެ.

12:30 ހާއިރު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު މައުލޫމާތު ލިބޭ ގޮތުގައި އެއާޕޯޓުންވެސް ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، ގްރޭޓާމާލެ ގުރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކްއަޕްތައް މިހާރު ދަނީ ފުރިހަމަ ކުރެވެމުންކަމަށާއި މި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި، ހުޅުމާލޭގެ ޖަނަރޭޓަރުސެޓްތައް އެނަރޖައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް