ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފި

ބ.އޭދަފުށީ ޕޮލިސް ސްޓިގޭޝަނުގެ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ، ގދ.ގައްދޫ / ސީކޯ، ޢަލީ އިބްރާހިމް (23އ) އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

އަދި އޭނާ ހާޟިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްކަމަށާއި، ހާޒިރުވާންޖެހެނީ  ގދ.ގައްދޫ ޕޮލިސް ސްޓޭޝަން، 2025 ޖޫން 1 ވަނަ ދުވަހުގެ 14:00 އަށްކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް