ވޯކް-އިން އިންޓަވިއު އިން ހޮވުނު 549 މީހަކު އިމިގްރޭޝަނުގެ އިމްތިހާނު ހަދައިފި

މޯލްޑިވްސް އިމިގްރޭޝަންގެ 50 ވަޒީފާއަށް ކުރިމަތިލާން ބޭއްވި ވޯކް-އިން އިންޓަވިއު އިން ހޮވުނު 549 މީހަކު އެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ބޭއްވި އިމްތިހާނުގައި ބައިވެރިވެއްޖެ އެވެ.

މިކަން ހާމަކޮށް އިއްޔެ އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިމިގްރޭޝަން އޮފިސާ ޓްރެއިނީގެ 50 މަގާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އެ އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނު މި މަހުގެ 28 އަދި 29 ވަނަ ދުވަހު ބާއްވާފައިވާ ކަމަށެވެ.

އިންޓަވިއު ކުރި މީހުންގެ ތެރެއިން އިމްތިހާނުގައި ބައިވެރިވީ 549 މީހުން ކަމަށާއި، އިންޓަވިއު އާއި އިމްތިހާނުގެ ޖުމްލަ މާކްސްއާ އެކު، އެންމެ މަތިން މާކްސް ލިބުނު 50 މީހުން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަން އިން ކުރިން ބުނި ގޮތުގައި، 50 ވަޒީފާއަށް 876 މީހަކު ކުރިމަތިލި އިރު، އޭގެ ތެރެއިން 758 މީހަކު ޝަރުތު ހަމަވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް