އެމްޓީސީސީއަށް ތިން ރަށެއްގައި މަޝްރޫޢުތައް ކުރިއަށްގެންދަން ހަވާލުކޮށްފި

ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އަށް އދ. ހަންޏާމީދޫ، ލ. މާވަށް އަދި ބ. އޭދަފުށީގެ މަޝްރޫޢުތައް ކުރިއަށްގެންދަން ހަވާލުކޮށްފިއެވެ.

އެމްޓީސީސީގެ ފަރާތުން ތިން އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހިމް ނަޒީމެވެ. އޭދަފުށީ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ފާޠިހެވެ.

ހަންޏާމީދޫ އާއި މާވަށުގައި އެމްޓީސީސީ އިން ކުރިއަށްގެންދާނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. އޭދަފުށީގައި އެކުންފުނިން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ފަތާ ސަރަޙައްދެކެވެ.

އާބާދީގައި 760 މީހުން ހިމެނޭ ހަންޏާމީދޫގައި ހިންގާ މަޝްރޫޢުގެ ދަށުން، އެރަށު ގޮނޑުދޮށަށް 14,322.75 ކިއުބިކް މީޓަރުގެ ރާޅު ވެލިއެޅުމާއި، 14,322.75 ކިއުބިކް މީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުމާއ،ި 455 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމާއި، 440 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ 46.20 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް