ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އަޒުމީ އާއި ޝަފީޢު އިންތިޚާބުވެއްޖެ

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވުނު އިންތިޚާބުގައި މުޙައްމަދު އަޒުމީ އަދި މުޙައްމަދު ޝަފީއު އިންތިޚާބު ވެއްޖެއެވެ.

މިއީ ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސާއި 4 މެންބަރުންގެ ދައުރު ނިމުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 1078 ޤާނޫނީ ވަކީލުންގެ ތެރެއިން ވޯޓު ދިން ފަރާތްތަކުގެ އަޣުލަބިއްޔަތުން މި ދެ ކެންޑިޑޭޓުން ވަނީ ހޮވިފައެވެ. މުޙައްމަދު އަޒުމީއަށް 132 ވޯޓު ލިބުނުއިރު، މުޙައްމަދު ޝަފީއުއަށް 270 ވޯޓު ލިބިފައިވެއެވެ. މި އިންތިޚާބުގައި ވާދަކުރީ ޝަރުތު ހަމަވާ ދެ ކެންޑިޑޭޓުންނެވެ.

ބާ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެގްޒެކެޓިވް ކޮމިޓީއަށް ނައިބު ރައީސަކާއި އިތުރު ދެ މެންބަރުން ހޮވުމަށްޓަކައި މާދަމާ އިޢުލާނު ކުރުމަށް ވަނީ ނިންމާފައެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވޭނީ ޖޫން 15 ވަނަ ދުވަހުގެ 15:00 އާ ހަމައަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް