ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފި

މ. ދިއްގަރު ޕޮލިސް ސްޓިގޭޝަނުގެ ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ، ކ. ތުލުސްދޫ / ވައިޓްރޯސް، މުޙައްމަދު ހަމްދާން (39އ) އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

އަދި އޭނާ ހާޟިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްކަމަށާއި، ހާޒިރުވާންޖެހެނީ މ. ދިއްގަރު ޕޮލިސް ސްޓޭޝަން، 2025 ޖޫން 1 ވަނަ ދުވަހުގެ 14:00 އަށްކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް