ތަކުރާރުކޮށް މަސައްކަތްކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ ޢާއިލާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބިފައިނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނީ،2025 އެޕްރީލް18 ވަނަ ދުވަހު، ގެއެއްގެ ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން އެ އަންހެން މީހާއާ ސުވާލުކުރުމުގެ އިންތިޒާމް، އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ވަނީ ތައްޔާރުވެފައެވެ.

އެގޮތުން، އަންހެން މީހާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިއާގައި ތިބިކަމަށާއި، އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައިނުވާކަން ފާހަގަކުރަމެވެ. އަދި، އަނިޔާ ލިބުނު އަންހެން މީހާގެ ސިއްހީ ހާލަތާ ގުޅޭގޮތުންވެސް ފުލުހުންނަށް އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވާއިރު، މެލޭޝިއާގައި ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވެއެވެ" ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

އަދި ފުލުހުންގެ ތަހުގީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި، ނަމަވެސް، އެއްބާރުލުން ލިބިފައި ނުވާތީ މޭލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންގެންދާވާހަކަވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް