ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

ގަލޮޅު ޕޮލިސް

  • މެއި 16 ވަނަ ދުވަހު މަޖީދީ މަގު މާވެޔޮމަގު ކަންމަތިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ސޮކެޓް ސެޓަކާއި، ދެ ސްޕީކަރު އަދި ވޮލެޓެއް. އިންސިޑެންޓް ނަންބަރު 640182
  • މެއި 5 ވަނަ ދުވަހު މއ. ސެވަން އެންޑް ހައުސް ކައިރިން ހޮވައިގެން ގެނެސްފައިވާ ނަރުތަކެއް. އިންސިޑެންޓް ނަންބަރު 640076

މި ތަކެތީގެ ވެރިފަރާތުން  9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށާއި އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން ފުލުހުންވަނީ އެދިފައެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް

  • މެއި 21 ވަނަ ދުވަހު ހުޅުމާލެ ހިތިގަސްމަގު، ސިޓީ ބޭކަރީ ކައިރިން ހޮވައިގެން ގެެނެސްފައިވާ އަވިއައިނެއް. އިންސިޑެންޓް ނަންބަރު 640844
  • މެއި 5 ވަނަ ދުވަހު އެމްޓީސީސީ ބަސް (އާރު 6) އިން ހޮވައިގެން ގެެނެސްފައިވާ ރެޑްމީ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 640095
  • އެޕްރީލް 4 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ އަތުކުރީ ގަޑިއެއް. އިންސިޑެންޓް ނަންބަރު 640158

މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުވުމަށާއި އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

 

ހެންވޭރު ޕޮލިސް

  • މެއި 17 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ސިޓީ ގާޑަން ކައިރިން ހޮވައިގެން ގެނެސްފައިވާ 120 ރުފިޔާ. އިންސިޑެންޓް ނަންބަރު 640357

މި ތަކެތީގެ ވެރިފަރާތުންވެސް 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރައްވައި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން ފުލުހުން އެދިވަޑައިގަތެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް