ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި މިއަދު ބަރުގޮނު ބޭނުން ނުކުރެއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިހެން ވިދާޅުވީ، މިއަދު ބާއްވާ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާގެ އަޑުއެހުމުގެ ބައި ކުރިއަށްދާނެތީ، މަގުމަތީގައި އަޑުގަދަވެއްޖެނަމަ އެ އިމްތިހާނު ހަދާ ދަރިވަރުންނަށް އެއިން ދިމާވެދާނެ ދަތިތަކުން ދުރުކުރުވުމުގެ ގޮތުންނެވެ.

އެހެންކަމުން، މިއަދު ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ތޮއްޖެހިދާނެފަދަ ކަންތައްތަކުން އެއްކިބާވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ޓެސްޓު ކުރިއަށްދާނީ މިއަދު ހެނދުނު 9:15 އިން 10:45 އަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ދަރިވަރުންނަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި އެންމެހައި ފަރާތްތަކަކުންވެސް އެއްބާރުލުންދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް