މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 3 ޑްރަގް ރިމާންޑް ސެންޓަރު ގާއިމްކޮށްފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 3 ރަށެއްގައި ޑްރަގް ރިމާންޑް ސެންޓަރު ގާއިމްކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ހުޅުވި މި ތިން ސެންޓަރުތައް ހިނގަމުންދާނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބެލުމުގެ ދަށުންކަމަށް އެންޑީއޭއިންވަނީ ވިދާޅުވެފައެވެ.

އެގޮތުން ރިމާންޑް ފެސިލިޓީތައް ޤާއިމުކޮށްފައިވަނީ؛

• ތިނަދޫ ސިޓީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
• ފުވައްމުލަކު ސިޓީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
• ސ. ހުޅުދޫ ވިލުނު ސެންޓަރު

މި ސެންޓަރުން ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމަޢަށް ނުކުންނަ މީހުންނަކީ ދީނީ ގޮތުން އަޚުލާޤު ރަނގަޅު ބައެއްކަން ކަށަވަރުކުރެވޭނެ ގޮތަށް ފަރުވާ ބައްޓަންކުރެވޭނެކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް