އއ. މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން މިއަދު އިއުލާންކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި މަޝްރޫއުގައި ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން، މަޝްރޫއަށް ހޮވޭ އިންވެސްޓަރަށް ކެޕިޓަލް އަދި އޮޕަރޭޝަނަލް ޚަރަދުތައް އަނބުރާ ހޯދުމަށް އެކި ގޮތްތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އެކެއް އޭޕްރީލް 2025 ގައި ނެރުއްވި ރިޔާސީ ގަރާރުގެ ދަށުން ކްރޮސް ސަބްސިޑީގެ އުސޫލުން ހިންގުމަށް ކަނޑައަޅާފައިވާ ގައުމީ ބޮޑު މަޝްރޫއެއްގެ ގޮތުގައި ނިންމަވާފަައިވާ މަޝްރޫއެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މީގެ ތެރޭގައި ކޮންޓްރެކްޓަރ ފައިނޭންސިން، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލް އަދި ލޯނު ފައިނޭންސިންގ ހިމެނެއެވެ. މިއަހަރުގެ ތެރޭގައި މަތިވެރީ އެއާޕޯޓުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ ޑިސެމްބަރު މަހު މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް