މެޗެއް ބަލަމުން ސައިކަލު ދުއްވި މީހާއަށް ފިޔަވަޅު އަޅައިފި

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން އެވީޑިއޯއިން ފެންނަ މީހާގެ ސައިކަލު ޓޯވްކޮށް އޭނާގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން އެ މައްސަލަ ބެލުމަށްފަހު، ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯވކޮށް، 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓާފައިވާކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ސިނަމާލެ ބްރިޖު ހައިވޭގައި ފިރިހެނަކު ސައިކަލް ދުއްވަމުން ދިޔައީ އެހެން މީހަކުވެސް ގޮވައިގެން އަދި ފޯނުން ފުޓްބޯޅަ މެޗުވެސް ބަލަމުންނެވެ.


އާންމު މީހަކު ވަނީ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލްމީޑިއާއަށް ދޫކޮށްލާފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް