ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ވައްކަމެއްގެ މައްސަލައެއްގައި ފުލުހުން މީހަކު ހޯދަން އިޢުލާނުކޮށްފިއެވެ.

އެގޮތުންި ފުލުހުން ވަނީ ވީޑިއޯ އެއް ހާމަކޮށް އެ ވީޑިއޯއިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، ސައިކަލެއްގެ މަޑިދަށުން ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށް ބުނެފައެވެ.

ވީޑިއޯއިން ފެންނަގޮތުގައި މަގުމަތިން ހިނގާލާފައިދާ މީހަކު ޕާކްކޮށްފައިވާ ސައިކަލެއްގެ މަޑިދަށުން އެއްޗެހިތަކެއް ނަގާތަން ފެނެއެވެ.

ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް