ދަރިވަރުންގެ ޝަކުވާތަކަށް ބަލައިގަންނަ ޚާއްޞަ އެޕެއް ތަޢާރަފުކުރަނީ

މަތީ ތައުލީމް ހާސިލުކުރާ ދަރިވަރުންގެ ޝަކުވާތަކާއި ރިކުއެސްޓުތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަން ހަމަޖެއްސުމަށް ޒަމާނީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ.

"އަޅުގަނޑުމެން އެބަ ތައާރަފު ކުރަން އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ކިޔާ އެޕެއް. އެ އެޕާ އެކީގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް ނުވަތަ ކޮމްޕެއިންސްތަކަށް އެޑްރެސް ކުރެވޭނެކަން އަޅުގަނޑު ދަންނަވައިލަން،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، އެ އެެޕް ތަޢާރަފުކުރުމުގެ ކުރިން ވެސް ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމަށް ޚާއްޞަ ވަޓްސްއެޕް ނަންބަރުތަކެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު އޭގެ ފުރަތަމަ ނަންބަރު ތަޢާރަފުކަފުކޮށް، ވަޓްސްއެޕް މެދުވެރިކޮށް ދަރިވަރުންގެ ޝަކުވާތަކާއި ރިކުއެސްޓުތައް ބަލައިގަންނަން ފަށާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ނަންބަރަށް ޝަކުވާ ހުށަހަޅާ ކުދިންނަށް ވަގުތުން ޖަވާބު ދެމުންދާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް