ސަންލޭންޑު ނަޒީރު އަވަހާރަވެއްޖެ

ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުޙައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެބޭފުޅާ އަވަހާރަވީ އާލަސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތުގައެވެ.

ނަޒީރު އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އެބޭފުޅާގެ ޢާއިލީ ޓްރެވަލް އެޖެންސީއެއް "ސަންލޭންޑް" ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ވަނީ ފަށާފައެވެ.

ސަންލޭންޑް ހޮޓެލްސްގެ "ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް"ގެ ޑިރެކްޓަރ ނަޒީރަކީ މާކެޓިންގެ ދާއިރާއިންވެސް ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އެއީ އިނގިރޭސި ވިލާތަށް ރާއްޖެ އިން މިހާރު ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެއެވެ. ނަޒީރު ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ނަޒީރުގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އައްޑޫ ހުޅުދު އަށް އުފަން ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސުނުއްސުއޫދުގެ އަނބިކަނބަލުންގެ ވެސް އެއްބަނޑުއެއްބަފާ ބޭބެ އެވެ. ނަޒީރަކީ އެ އާއިލާގެ ދެވަނަ އަދި އެންމެ ދޮށީ ފިރިހެން ބޭފުޅާ ވެސް މެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް