ޕާކިސްތާނާއި އިންޑިޔާއިން އަމާންކަން ޚިޔާރުކޮށް މައްސަލަ ހައްލުކުރަން ނިންމުމުން ރާއްޖެއިން މަރުޙަބާ ކިޔައިފި

ޕާކިސްތާނާއި އިންޑިޔާއިން އަމާންކަން ޚިޔާރުކޮށް މައްސަލަ ހައްލުކުރަން ނިންމުމުން ރާއްޖެއިން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

އެގޮތުން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޕާކިސްތާނާއި އިންޑިޔާއިން އަމާންކަން ޚިޔާރުކޮށް މައްސަލަ ހައްލުކުރަން ނިންމުމުން ތަޢުރީފުކުރައްވައި، މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ. އަދި އެ ދެ ޤައުމުގެ ޙަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅިގެން ދެ ޤައުމަށްވެސް ވަޒީރު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ މައި ދެ ބާރުގެ ގޮތުގައި ބެލެވޭ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ދުނިޔޭގެ ބާރުތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައި، މަޝްވަރާއާއި ސުލްޙަ އިސް ކުރުމަށް ބާރު އަޅަމުންދިޔައީ އެމެރިކާއާއި ޗައިނާ ފަދަ ޤައުމުތަކުންނެވެ. އަދި އިންޑިއާ އާއި ޕާކިސްތާނުން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް