މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭގައި ދިވެހި ފިރިހެނަކު މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭ ހެންވޭރުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ ފާޚާނާ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ. އަދި އެތަނުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް މީހާ މަރުވެފައި އޮތީ ކޮން ހާލަތެއްގައި ކިހިނެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައި މާލޭ ގަލޮޅަށް ނިސްބަތްވާ ގ. ލަންކާ، 46 އަހަރުގެ އަބްދުﷲ މުފީދެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް