ތަހްގީގަށް ސުވާލުކުރަން މީހަކު ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާންކުރާކަމަށެވެ.

އެގޮތުން ހޯދަން އިއުލާންކުރީ ށ. މިލަންދޫ، ނަސީމީވިލާ އިސްމާޢީލް ސަމީމް އެވެ. އޭނާގެ އުމުރަކީ 29 އަހަރެވެ.

އަދި އޭނާ ހާޟިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްކަމަށާއި، ހާޒިރުވާންޖެހެނީ ހުޅުމާލެ ފޭސް 1 އެއްގެ ޕޮލިސް ސްޓޭޝަނަށް 2025 މެއި 14 ވަނަ ދުވަހުގެ 11:30 އަށްކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް