ގއ. އަތޮޅު ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ގއ. އަތޮޅު ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުމުގެ އަ މަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެކަން ހާމަކޮށް އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގއ. ކޮލަމާފުށީގައި ހުންނަ ގއ . އަތޮޅު ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެކަމަށެވެ.

އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައިަކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުނ،ް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއ،ި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމުށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައިކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މިގޮތުން، 1,850 މީހުންގެ އާބާދީއެއް ދިރިއުޅޭ ގއ. ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު ސްކޫލްގައި 8,637 އަކަފޫޓުގެ 2 ފަންގިފިލާ ހިމެނޭ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ނިމުމުން، ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ގއ. އަތޮޅު ސްކޫލްގެ މެނޭޖްމަންޓަށާއި ތައުލީމު އުނގެނޭ ދަރިވަރުންނާއި އަދި ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސުންނަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ، ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު އެ ކުންފުނިން ނިންމައިފައިވާކަމަށާއި، 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައިކަމަށެވެ. އަދި އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައިކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް