ބާރަށުގައި ސިހުރު ހަދާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ހިންގައިފި

ހއ. ބާރަށުގައި ސިހުރު ހާހޫރު ހަދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، ބާރަށުގައި ސިހުރު ހާހޫރު ހަދާކަމަށް ޕޮލިސް އިންޓަލިޖެންސްއަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން މިއަދު 7:00 އިނ ފެށިގެން ކުރިއަށްގެންދެވުނު އޮޕަރޭޝަނުގައި އެރަށުގެ8 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ.

އަދި އެ މައްސަލައާއި ގުޅުންހުރިކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، މި މައްސަލައިގެ ތުހުމަތުގައި 08 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު އެމީހުންވަނީ ދޫކޮށްލާފައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް