ވާނީގައި ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭންފަށައިފި

ދ. ވާނީގައި ތަމްރީނު ހަދަމުންދިޔަ ރެކްރޫޓެއް ހާލު ދެރަވެގެން ފަރުވާދޭން ފަށައިފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ ރެކްރޫޓުގެ ހާލު ދެރަވެގެން މިއަދުގެ ފަތިހު ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށާއި އަދި މެންދުރު މާލެ ގެނެސް އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުންދާކަމަށެވެ.

ހާލު ދެރަވި ރެކްރޫޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް އޭނާގެ ހާލު ވަރަށް ސީރިޔަސް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް