ރައީސް އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސްއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އެންތަނީ އެލްބަނީސްއަށް ރައީސް މަރުޙަބާ ވިދާޅުވެފައިމިވަނީ، އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އެބޭފުޅާ އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެންނެވެ.


ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އެންތަނީ އެލްބަނީސް އިންތިޚާބުވުމުން، އެއިން ދައްކުވައިދެނީ އެންތަނީގެ ބޮޑުވަޒީރުކަމުގެ ލީޑަރޝިޕަށް އޮސްޓްރޭލިއާގެ ރައްޔިތުން ކުރާ އިތުބާރު ކަމަށް ރައީސްވަނީ ފާހަގަކުރައްވާފައެވެ.

އަދި ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގައި އެންތަނީ އެލްބަނީސް އާ ގުޅިގެން މަސައްކަތް ކުރައްވަން އުއްމީދުކުރައްވާކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް