ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 2 މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް 2 މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނުކޮށްފިއެވެ.

އެގޮތުން ފުލުހުން ހޯދަމުންދަނީ؛

  1. ބީޗް ހައުސް/ އދ. ދަނގެތި، ޔޫސުފް ޝަފީޢު، (21އ)
  2. ނެޝަނަލްހައުސް / ގދ. ގައްދޫ، ޝިއުނީޒް އަޙްމަދު ( 33އ) އެވެ.

މީގެ ތެރެއިން، ފުލުހުން ހޯދަމުންދާ ޔޫސުފް ޝަފީއު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 މެއި 6 ވަނަ ދުވަހުގެ 08:45 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށް ފުލުހުންވަނީ ބުނެފައެވެ.

އަދި ޝިއުނީޒް އަޙްމަދު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 މެއި 5 ވަނަ ދުވަހުގެ 09:45 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އެހެންކަމުން، ޔޫސުފް ޝަފީޢު އަދި ޝިއުނީޒް އަޙްމަދު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްމަށް ފުލުހުންވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް