މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

މާފަންނު އަލުވިމާގެއާގޭ ދިރިއުޅެމުން ދިޔަ މަރުހޫމު މުޙައްމަދު ޙިސާމް (40 އަހަރު) ގެ ހަށިގަނޑު މިއަދު ހެނދުނު އެ އާއިލާއާ ޙަވާލުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން ފުލުހުން ބުނީ، މި މައްސަލަ ފުރަތަމަ ފުލުހުންނަށް ރިޕޯޓުކުރެވުނީ 22 އޭޕްރިލް 2025 ވަނަ ދުވަހުގެ ހަވީރު 4:40 ހާއިރު ކަމަށާއި އޭގެފަހުން، މި މައްސަލައާ ގުޅިގެން ތަޙްޤީޤު ކުރިއަށް ގެންދިޔަކަމަށާއި އޭގެ ތެރޭގައި ޕޯސްޓް މޯޓަމް ހެދުމާއި ގުޅިގެން އާއިލާއާ މަޝްވަރާކުރުން ހިމެނެއެވެެ

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްފަހު، 28 އޭޕްރިލް 2025 ވަނަ ދުވަހު މޯޗަރީން ހަށިގަނޑު ނެރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފުލުހުންނަށް އަންގާފައިވާކަމަށާއި އާއިލާގެ އެދުމުގެ މަތިން، މިއަދު 29 އޭޕްރިލް 2025 ވަނަ ދުވަހު މުޙައްމަދު ޙިސާމްގެ ހަށިގަނޑު އާއިލާއާ ޙަވާލުކުރެވިފައިވާކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް