ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ ހައްޔަރުކޮށްފި

ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މ. ސްޓާ، މުހައްމަދު ރަޒީނު (49އ) ހައްޔަރުކޮށްފައިވާކަމަށެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް