މޭޑޭގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން އެމްޑީޕީން ނިންމައިފި

މަސައްކަތްތެރިންގެ ހައްގުގައި މޭޑޭގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާކަން އެޕާޓީން ހާމަކޮށްފިއެވެ.

އެގޮތުން، އެމްޑީޕީގެ ރަސްމީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، އެމްޑީޕީން އަބަދު ވެސް އަންނަނީ މަސައްކަތްތެރީންނަށް އެ އިރެއްގައި ދަތިވެފައި އޮންނަ ހައްގުތައް ހޯދައިދޭން މަސައްކަތްކުރަމުން ކަމަށާއި، އެގޮތުން މި އަހަރުގެ މޭޑޭގައި ވެސް ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާކަމަށެވެ.

އެ އެއްވުން ފަށަން ނިންމާފައިވަނީ އެ ރޭގެ 8:30 ގައި އާޓިފިޝަލް ބީޗުންގައިކަމަށާއި އެ ހަރަކާތުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާކަން ފާހަގަކުރައްވައި ބިގޭ ވިދާޅުވީ، މި އެއްވުމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރީން އަމަލީ ގޮތުން ބައިވެރިވާނެ ކަމަށާއި އެއްވެސް އަސާސީ ދަތިކަމެއް ތަހަންމަލުކުރަން ނުޖެހޭ މީހަކު މިހާރު ނެތް ކަމަށެވެ.


އަދި ގިނަ ބައެއްގެ ހައްގުތަކަށް ސަރުކާރުން އަރައިގެންފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް