މޯލްޑިވިސް ޕޮލިޓެކްނިކުން އެ އިދާރާގެ ސްޓްރެޓެޖިކް ޕްލޭން 2025-2028 އިފްތިތާޙްކޮށްފި

މޯލްޑިވިސް ޕޮލިޓެކްނިކުން އެ އިދާރާގެ ސްޓްރެޓެޖިކް ޕްލޭން 2025-2028 "އަ ބްލޫ ޕްރިންޓް ފޮރ އެކްސެލެންސް" އިފްތިތާޙްކޮށްފިއެވެ.

މި ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮއްދެއްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރެވެ.

މި ޕްލޭން އިފްތިތާހްކުރެއްވުމުން، މޯލްޑިވިސް ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވީ، އެކަމަނާގެ އަމާޒަކީ މި ޕްލޭން މެދުވެރިކޮށް ފެންވަރު ރަނގަޅު ތަމްރީނުތަށް ފޯރުކޮށްދިނުންކަމަށާއި ގްރެޖުއޭޓްވާ ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދީ، އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާކުރުމުގައި ޕޮލިޓެކްނިކުން ޙިއްސާވުންކަމަށެވެ.


މި ޕްލޭނަކީ، ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާކުރުމަށް އަމާޒުކޮށް ކުރިއަށްއޮތް 4 އަހަރުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި ވަޒީފާ އަދާ ކުރާ ޒުވާނުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުކޮށް، ހަރުދަނާ ވަޒީފާގެ މާހަޢުލެއް ބިނާކުރުމަށް ޕޮލިޓެކްނިކްގެ ފަރާތުން ފަރުމާކުރެވިފައިވާ ޕްލޭނަކަށްވާއިރު، ޕޮލިޓެކްނިކްގެ ސްޓްރެޓެޖިކް ޕްލޭނިންގ ކޮމިޓީ (އެސްޕީސީ)ގެ ދަށުން އެ އިދާރާގެ އެތަށް މުވައްޒަފުންނެއް ވަނީ ޕޮލިޓެކްނިކްގެ ލަނޑުދަނޑިތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، އެ ދާއިރާގެ ތަޖުރިބާކާރު އިސްބޭފުޅުންގެ ލަފަޔާއި އިރުޝާދުގެ ދަށުން މި ސްޓްރެޓެޖިކް ޕްލޭން ބަލާ ފާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް