ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ވަޒީރު ޝުކުރުދަންނަވައިފި

ސިފައިންގެ އަސްކަރީ ޤާބިލިއްޔަތު އިތުރުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ މަސައްކަތްޕުޅަށް ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން ޝުކުރު ދަންނަވައިފިއެވެ.

އެގޮތުން، ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޤާބިލް އަސްކަރިއްޔާއަކީ ޤައުމުގެ ފަޚުރުކަމަށެވެ. އަދި 133 ވަނަ ސިފައިންގެ ދުވަހުގެ ތަހުނިޔާ، ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސް އަށާއި، ސިފައިންގެ ލީޑަރޝިޕް އަދި ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ވަޒީރު ވަނީ ދަންނަވައިފައެވެ.


އަދި ދިފާޢީ ބާރުގެ ޤާބިލިއްޔަތު އިތުރުކޮށްދެއްވުމަށް ރައީސް ކޮށްދެއްވާ ބުރަ މަސައްކަތްޕުޅަށް ދިވެހި ސިފައިންގެ ނަންފުޅުގައާއި ދިފާޢީ ވުޒާރާގެ ނަމުގައި އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ޚުދު އެމަނިކުފާނުގެ އަމިއްލަ ނަމުގައި ހިފެހެއްޓުމެއް ނެތި ޝުކުރު ދަންނަވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް