ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް 14 އެޕްރީލްގެ ކުރިން ނެގުމަށް އެޗްޑީސީން އަންގައިފި

ހުޅުމާލެ މުދާ ޖެޓީ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް 14 އެޕްރީލް 2025 ވާ އަންގާރަ  ދުވަހުގެ 00:00 ގެ ކުރިން ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އަންގައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި މިހެން އަންގާފައިވަނީ ހުޅުމާލެ މުދާ ޖެޓީ ތަރައްޤިކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވުމުގެ ގޮތުންކަމަށް ބުނެފައިވެއެވެ.


އެހެންކަމުން، އެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް 14 އެޕްރީލް 2025 ވާ އަންގާރަ  ދުވަހުގެ 00:00 ގެ ކުރިން ނެގުމަށް އެޗްޑީސީން ބުނެފައިވެއެވެ.

މީގެ އިތުރުން، ދެންނެވުނު މުއްދަތުގެ ތެރޭގައި އުޅަނދުތައް އެ ސަރަހައްދުން ނަގާފައި ނުވާނަމަ، އެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް