މާދަމާ ސަރުކާރު ބަންދު ވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

މާދަމާއަކީ ރިޔާސީ ބަޔާން އިއްވަވާ ދުވަހަށްވާތީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވީ ނަމަވެސް، އެދުވަހު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މިކަން އަންގަވާފައިވާ ގޮތުގައި މާލެ ސަރަހައްދުގައި ޤާއިމްކުރެވިފައިވާ އިމިގްރޭޝަން އޮފީސްތަކުން މާދަމާ ޕާސްޕޯޓް ޚިދުމަތް ދެމުންދާނެއެވެ. އަދި އިމިގްރޭޝަންގެ ޕޯޓަލް "އިމުގާ" މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ޕާސްޕޯޓަށް އެދެވޭނެއެވެ.

އިމަޖެންސީ ހާލަތްތަކުގައި އަދި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މާދަމާ ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް އިމިގްރޭޝަނުގެ އޮފީސްތަކަށް ގޮސް އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭނެކަމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ. އަދި ޕާސްޕޯޓު ދޫކުރުން ކުރިއަށްދާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ. މި ގަޑިތަކުގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރެވޭނެއެވެ.

އިމިގްރޭޝަނުން އާންމުކޮށް ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައެވެ. އަދި މީގެ އިތުރުން ހޮނިހިރު ދުވަސްތަކުގައިވެސް މާލެ އާއި އައްޑޫ ސިޓީން ޕާސްޕޯޓު ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް