މާލޭގެ މާވެޔޮމަގުގައި ހުންނަ ކެފޭ ތާސީރުގައި ދެ ބިދޭސީއަކު މާރާމާރީ ހިންގައި، އޭގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓްކުރެވިފައިވަނީ މިއަދު މެންދުރު 12:10 ގައެވެ. މި މާރާމާރީގައި ޒަޚަމްވި މީހާއަށް މިހާރު ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށާފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތުން އެނގުނު ގޮތުގައި، މާރާމާރީ ހިންގާފައިވަނީ ބަންގްލަދޭޝް އަދި ނޭޕާލްގެ ދެ ރައްޔިތެއްގެ މެދުގައެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް