4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރެވޭނީ، ބާއްވާނެ ސައްޙަ ގަރާޖެއް ދެއްކުމުން!

4 ފުރޮޅުލީ އުޅަނދު މިހާރު ރަޖިސްޓްރީ ކުރެވޭނީ އުޅަނދު ބާއްވާނެ ސައްޙަ ގަރާޖެއް ދެއްކުމަށް ފަހުގައި ކަމަށް ނިންމައިފިއެވެ. މި އައު އުސޫލާ އެކު، ޤާނޫނާއި ގަވާއިދުގެ ތެރެއިން ނޫން ގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގަރާޖުގެ ސައްޙަކަން ކަށަވަރުކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން އެތަނަށް ގޮސް ގަރާޖު ޗެކްކުރާނެއެވެ. މި އައު އުސޫލުގެ މައިގަނޑު މަޤްޞަދަކީ 4 ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގައި ޤާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމާއި، އުސޫލުން ބޭރުން ރަޖިސްޓްރީ ވަމުންދިޔަ ދިޔުން ހުއްޓުވުމެވެ.

މި އައު އުސޫލުގެ ސަބަބުން ފާހަގަކުރެވޭ އެންމެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި، 2024 ވަނަ އަހަރު މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވުނު 4 ފުރޮޅުލީ އުޅަނދުގެ ނިސްބަތް 2023 ވަނަ އަހަރާ އަޅާބަލާއިރު 74.1 އިންސައްތަ ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.

މިއީ މާލެ ސަރަހައްދަށް އިތުރުވަމުން ދިޔަ އުޅަނދުގެ މިންވަރު މަދުވެގެން ގޮސްފައިވާކަން ދައްކުވައިދޭ މުހިންމު ތަފާސްހިސާބެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް