ޑްރަގް ކެފޭއެއް--- ފޮޓޯ: އަވަސް

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދެމުން ދިޔަ އެޕާޓްމެންޓެއް ބަލައިފާސްކޮށް ހަ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި، ވިޔަފާރިކުރުމުގެ އިތުރުން ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ. ކޯޓު އަމުރުގައިވާ ގޮތުން:

  • އެ އެޕާޓްމެންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާގެ އިތުރުން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާ ވަނީ ފެނިފައެވެ.

  • އެ ތަނަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި، އެ ތަކެތި ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެކެވެ.

  • ފެނުނު މަސްތުވާތަކެއްޗާއެކު ފައިސާތައްވެސް ހުރީ ރަބަރު ޕެކެޓުތަކަށް އަޅާފައެވެ. އަދި ހައްޔަރުކުރި ބައެއް މީހުންނަކީ އެ ތަނަށް ވަރަށް ގިނައިން ވަދެ ނުކުމެ ހަދާ ބައެއްކަމުގެ ހެކި ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

ކޯޓުގެ ނިންމުން:

ޝަރީއަތުގައި ތުހުމަތުވާ މީހުން ވަނީ އެ ތަނުން ފެނުނު މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ ތުހުަމަތުތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް، ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ވަނީ އެ އެންމެންވެސް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން އަމުރުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް