ސަރުކާރު ހޮސްޕިޓަލްތަކުގައި ގާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް 24،000 އަށް ވުރެ ގިނަ އައިނު ދިވެހި ރައްޔިތުންނަށް ހިލޭ ހަދައިދީފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހާމަކޮށްފިއެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފޯރުކޮށްދިން މި ޚިދުމަތުގެ ޖުމްލަ އަގު ގާތްގަނޑަކަށް 48 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އައިނު ހެއްދުމަށް އާސަންދައިން ކުރިން ދެއަހަރުން އެއްއަހަރު ދެމުން އައި 1,000 ރުފިޔާގެ އެހީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ވަނީ 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.





