ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ޖުމްލަ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ކަނޑު އަޑިން ނުނެގި އޮތް ހަތަރު ހަށިގަނޑުގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެމުން ޑޭން އިން ހާމަކުރި ގޮތުގައި، ހޮހަޅައިގެ ތެރޭގައި ތިބި އަނެއް ދެ މީހުންގެ ހަށިގަނޑު ނެގުމަށް ކުރާ މަސައްކަތް މާދަމާ ކުރިއަށް ގެންދާނީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.
ސަބަބަކީ އެ ސަރަހައްދުގެ އޮއިވަރާއި ހޮހަޅައިގެ ހަނިކަމުގެ ސަބަބުން ޑައިވަރުންގެ ފުރާނައަށް ނުރައްކާވެދާނެތީއެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.
އަދި ނެގިފައިވާ ހަށިގަނޑުތައް މާލެ ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ އެހީތެރިކަންވެސް ދަނީ ލިބެމުންނެވެ.



