މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގާ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
18.98 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ޖުމްލަ ހަ ފިންގާ ޖެޓީ ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން ހަދަނީ 25 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއާއި، 15 މީޓަރު ދިގު، ހަ މީޓަރު ފުޅާ ތިން ޖެޓީއެވެ. މި މަޝްރޫއު ނިމުމުން ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަން މަގަތުގައި އޮންނަ އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދިއުމަށް ނިމުމެއް އަންނާނެއެވެ. މީގެއިތުރުން އިސްރަށްވެހިންނާއި، ކުޑަކުދިން އަދި ދާގީނާ ހިފައިގެން ދަތުރުކުރާ މީހުންނަށް ބޮޑު ލުޔެއް ލިބި، އުޅަނދުފަހަރަށް އަރައިފައިބާ މީހުންގެ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.
މާލޭ ބޭރުމަގު ސަރަހައްދުގައި ކުދި ޖެޓީތަކެއް ހަދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ޖުލައި މަހުގެ 29 ގައެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު ކުރިއަށްދާ މި މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް ވަނީ އަމާޒުހިފާފައެވެ.





