ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ މުހިންމު ވެހިކަލްތައް އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިހާރު ވަނީ ފަށާފައެވެ.
މި މަސައްކަތުގެ ދަށުން ނ. ކެނދިކުޅުދޫ، ނ. މާފަރު، ށ. ކަނޑިތީމު، ށ. މަރޮށި އަދި ޅ. ކުރެންދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބަރު އުޅަނދުފަހަރާއި ވެހިކަލްތައް ސައިޓްތަކަށް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް އާރްޑީސީން ދަނީ ހިންގަމުންނެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ނ. ކެނދިކުޅުދޫ، ނ. މާފަރު، ށ. ކަނޑިތީމު، ށ. މަރޮށި އަދި ޅ. ކުރެންދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.#TeamRDC pic.twitter.com/wAeT9tjFLZ
— Road Development Corporation Ltd (@rdcmaldives) August 15, 2026
މި ރަށްރަށަށް ބޭނުންވާ ވެހިކަލްތައް ފޮނުވުމުގެ މައިގަނޑު މަގުސަދަކީ، ޕީއެސްއައިޕީގެ ދަށުން ރޭވިފައިވާ މަޝްރޫއުތައް އެއްވެސް މެދުކެނޑުމެއްނެތި، އަވަސް މިނެއްގައި ކުރިއަށްގެންދިއުމެވެ. މި ގޮތުން ރަށްރަށުގެ އުމްރާނީ ތަރައްގީއާއި، މަގުހެދުމުގެ އިތުރުން އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްތަކަށް މި އުޅަނދުތަކުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި، ރަށްރަށުގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި ބޭނުންވާ އިތުރު ވަސީލަތްތަކާއި ވެހިކަލްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ. މި މަޝްރޫއުތައް ނިމުމުން އެ ރަށްރަށުގެ ރައްޔިތުންނަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




