މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ޕާކިސްތާނުގެ އަންހެނަކަށް ނޯޓިސް ނެރެފިއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ "ނޯޓިސް ޓު އެޕިއާ" ގައިވާ ގޮތުން ހާޒިރުވުމަށް އަންގާފައިވަނީ އުމުރުން 47 އަހަރުގެ ހަލީމާ ސާދިޔާ ނަމަކަށް ކިޔާ ޕާކިސްތާނު އަންހެނަކަށެވެ.
⚠️ Notice to Appear pic.twitter.com/H5Bv3LPpF7
— Maldives Immigration (@ImmigrationMV) August 4, 2026
އިމިގްރޭޝަނުން ވަނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:00 އިން ހަވީރު 04:00 އާ ދެމެދު، ކުރިއަށް އޮތް 05 ދުވަހުގެ ތެރޭގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޒަނަށް އޭނާ އަމިއްލައަށް ހާޒިރުވުމަށް އަންގާފައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މި އަންހެންމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް އެނގޭ ފަރާތެއް ވާނަމަ، އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.



