ލ. ގަމުން ގެއްލިގެން ހޯދަމުންދިޔަ 20 އަހަރުގެ ދިވެހި ފިރިހެން މީހާ ފެނިފައިވާކަމަށާއި، އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:14 އެހައިކަންހާއިރުއެވެ.
އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، ރޭ މެންދަމު 2:00 އިން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އޭނާ ހޯދުމުގެ ޚާއްޞަ އޮޕަރޭޝަނެއް ވަގުތުން ފަށާފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ކުރި މަސައްކަތުން، އެ ޒުވާނާ ދުއްވި ސައިކަލު ފެނިފައިވަނީ ލ. ގަން ރިވެރީޒް ބީޗް ސަރަހައްދުންނެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭނާ ސަލާމަތުން ހުއްޓާ ވަނީ ފެނިފައެވެ.




