އުރީދޫން އެއް އަހަރުދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ހިނގާ" އޭޓީވީ ޕްރޮމޯޝަންގެ ތިންވަނަ ނަސީބުވެރިޔާއަށް ޅ. ހިންވަރަށް އުފަން އަލީ ޝަރީފް ހޮވިއްޖެއެވެ.
މިއީ މިއަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ ދަށުން އޭޓީވީ ލިބުނު ތިންވަނަ ކަސްޓަމަރެވެ. މިދިޔަ އަހަރުގެ ޑިސެންބަރު 20 ގައި ފެށި މި ޕްރޮމޯޝަން މިއަހަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އުރީދޫން ބުނާ ގޮތުގައި މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަދި މިއީ ރަށްފުށުގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅޭ، ރަށްރަށުގައި ދަތުރުފަތުރު ކުރުމަށް ފަސޭހަ އުޅަނދެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި ޕްރޮމޯޝަނުގައި އުރީދޫގެ މޮބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ ނުވަތަ 5ޖީ އެއާފައިބާގެ ޚިދުމަތް ހޯދާ އައު ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެއެވެ. މި ގުރުއަތުގައި ބައިވެރިކުރާނީ ކޮންމެ ގުރުއަތެއް ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމަށް 400 ރުފިޔާ ހަރަދުކުރާ ކަސްޓަމަރުންނެވެ. މީގެ އިތުރުން، ގުރުއަތު ނަގާ ތާރީހާ ހަމައަށް އެ ކަސްޓަމަރަކީ އެކްޓިވް ކަސްޓަމަރަކަށް ވާންޖެހޭނެއެވެ.
ގުރުއަތުން މިހާރު އޭޓީވީ ލިބިފައިވާ ކަސްޓަމަރުންނަށް ވެސް، ގްރޭންޑް ޕްރައިޒް ނުވަތަ ހަވަނަ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ހަމަޖައްސާފައިވާ އުސޫލެކެވެ.




