މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދު ކުރިމަތީގައިވާ ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިއެވެ.
އެމްޕީއެލުން ބުނީ އަލަށް ތަރައްގީކުރި ސަރަހައްދުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އުޅަނދުތައް އަލުން އެތަނަށް ބަދަލުކުރާއިރު، ކުރިން އެތަނުން ލިބެން ނެތް ފެނާއި ކަރަންޓުގެ ހިދުމަތް އުޅަނދުތަކަށް ދޭނެ ކަމަށް އެ ތަނުން ބުންޏެވެ.
އެމްޕީއެލުން ބުނި ގޮތުގައި، ނޯތު ހާބަރުގެ ހިދުމަތް އަލުން ފެށިއިރު ގެނައި އެންމެ ބޮޑު ބަދަލަކީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތަކެއް ބޭނުންކުރަން ފެށުންކަމަށެވެ
. އޭގެ ސަބަބުން އެ ބަނދަރު ބޭނުންކުރާ އުޅަނދު ފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަފުތާގައި ނޯތު ހާބަރުގެ ބީ ޒޯނު ނުވަތަ ހުޅަނގު ފަރާތު ތޮށިގަނޑަށް ވެސް އުޅަނދުތައް ބަދަލުކުރަން ފަށާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




