ރިޔާސީ ބަޔާން އިއްވާތީ ރައްޔިތުންގެ މަޖިލިސް ކައިރި ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން ފުލުހުން އަންގައިފި އެވެ.
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރެވެ. އެއީ ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލިސް ފެށޭ ޖަލްސާއެވެ.
ފުލުހުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭހެން، ހެނދުނު 7:00 އިން ފެށިގެން ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ނިމެންދެން ބޮޑުބައެއް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ. މާދަމާ ބަންދުކުރާނެ ސަރަހައްދުވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
ވެހިކަލްތައް ނަގަން ފުލުހުން އެންގި ބައެއް ސަރަހައްދުތައް
- އަމީރުއަހްމަދު މަގު ( ވެލާނާގެއިން ފެށިގެން ފިނިހިޔާ ގޯޅިއާއި ހަމައަށް)
- މެދުޒިޔާރަތްމަގު (ސޯސަން މަގުން ފެށިގެން ހުކުރުކުރާ މިސްކިތާއި ހަމައަށް )
- ގުލޭނޫރަންމަގު
ފުލުހުން ވަނީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.
މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވީ ފެބްރުވަރީ މަހުގެ ހަވަނަ ދުވަހެވެ. އެ ދުވަހު ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާ އެކު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުކުރި މެންބަރުންގެ ނަން އިއްވައި، މެންބަރުން ނިކުންނަންދެން 12 މިނެޓަށް އެ ދުވަހު ޖަލްސާ މެދުކަނޑާލިއެވެ.
ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު އިހުތިޖާޖުކުރުމާ ގުޅިގެން ނަން އިއްވައި ނެރުނު މަޖިލިސް މެންބަރުން ވަނީ ފަހުން އިދާރާގެ ބޭރުގައި ވެސް އިހުތިޖާޖުކޮށްފައެވެ.
ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ގައުމުގެ ހާލަތު ބަޔާންކުރައްވައި، ކޮށްދެއްވާފައިހުރި ބައެއް ކަންކަމާއި ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރައްވައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


