އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކޮށް މިއަދު ފެށި ދިރާސީ އާ އަހަރާ އެކު، ކިޔަވައިދޭން ފަށައިފި އެވެ.
އަހްމަދިއްޔާގައޮ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް އަންނަނީ ކިޔަވާދެމުންނެވެ.
މިއަހަރުގެ ދިރާސީ އާ އަހަރާއި އެކު އަހްމަދިއްޔާގައި ކިޔަވާދޭނީ އެއް ދަންފަޅިއަށް ކަމަށް އެ ސްކޫލުން ބުނެއެވެ. އެގޮތުން ގްރޭޑް 1 އިން 12 އަށް ސްކޫލަށް ދާނީ ހެނދުނު 6:45 ގައެވެ. އަދި ދަރިވަރުން ނިމޭނީ މެންދުރުފަހު ތިނެއް ޖަހާއިރުއެވެ.
އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ އަހްމަދިއްޔާ ސްކޫލްގައި 2000 ވުރެ ގިނަ ކުދިން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދާދި ފަހުން ވަނީ މިހާރު ސްކޫލް ހިންގަމުން އަންނަ ބިމުގައި އިތުރު އިމާރާތެއް އަޅާފައެވެ. މި އިމާރާތް އަންނަ މަހު ހުޅުވާނެކަމަށް އެ ސްކޫލުން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


