އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް ލަވަކިޔުން ހުއްޓާލައިފި އެވެ.
މިރޭ އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ލަވަކިޔުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ. އަރްޖިތު ސިންގް ލަވަކިޔުން ހުއްޓާލި އިރު މިހާތަނަށް އޭނާ 700 އަށްވުރެ ގިނަ ލަވަ ކިޔާފައިވެ އެވެ. އަދި، 8 ފިލްމްފެއާ އެވޯޑް، 2 ނޭޝަނަލް އެވޯޑްގެ އިތުރުން އިންޑިއާ ރައްޔިތަކަށްދޭ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ ޕަދްމާ ޝްރި އެވޯޑްވެސް ލިބިފައިވެ އެވެ.
Advertisement
އިންޑިއާގެ އިތުރުން ރާއްޖޭގައިވެސް އަރްޖިތުގެ ލަވަތަކަށް ލޯބިކުރާ ގިނަ ބަޔަކު އުޅެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


