ހުޅުމާލެއިން 2 ދުވަސްތެރޭ 50 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ދެ ދުވަސް ތެރޭގައި މުޅިން ވެސް ޓޯކުރީ، ދެ ފުރޮޅުލީ އުޅަނދުތަކެވެ.
Advertisement
ގިނައިން ޓޯކޮށްފައިވަނީ، ގަވައިދާ ހިލާފަށް ޕާކުކޮށްގެނެވެ. އެގޮތުން، 30 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު, ލައިސަންސް ނެތި ދުއްވައިގެން 17 އުޅަނދު ޓޯކުރިއިރު، ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ތިން އުޅަނދު ޓޯކުރިއެވެ.
އޭގެއިތުރަށް، އެ މުއްދަތުގައި ފުލުހުން ވަނީ، ހުޅުމާލެއިން 48 އުޅަނދު ޓްރެފިކް ޖޫރިމަނާ ކޮށްފައެވެ. އެއީ، ދެ ފުރޮޅުލީ 43 އުޅަނދާއި ހަތަރު ފުރޮޅުލީ، ފަސް އުޅަނދެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


