މިއަދު ހުޅުމާލެއިން ފުރައިގެން ދަތުރުކުރަމުންދަނިކޮށް ބަންޑުން ޖަހާލި ބޯޓުން ބައެއް ތަކެތި އޮޔާ ދާތީ ސަމާލުވާން އެމްއެންޑީއެފް އިން އެދިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި ބޯޓެއް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން އެ ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް ކޯސްޓުގާޑުން މަޢުލޫމާތުދެެއެވެ.
އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


